Wednesday, April 23, 2014




ކޮންސްޓުރަކްޓިވިޒަމް

މި ތިއަރީ ބުނާ ގޮތުން ކުދިން މަޢުލޫމާތު ދެނެގަންނަނީ އެކުދިންނަށް ކުދިން އެގިފައިވާ އެއްޗަކަށް ބިނާކޮށެވެ. އަދި ހަމައެހެންމެ ދަރިވަރުންނަކީ އުގެނޭ އަދި މަޢުލޫމާތު ބިނާ ކުރާބައެކެވެ. މި ތިއަރީ ބުނާ ގޮތުން ކުދިންގެ އުގެނުނުން ބިނާވަނީ އެކުދިން އުފެދި ބޮޑުވާ މަރުޙަލާތަކާ ގުޅޭ ގޮތުން ވިސްނޭ ވިސްނުން ތަކާއި އިޖުތިމާޢީ ޙަރަކާތުންނެވެ. ކޮންސްޓްރަކްޓިވިޒަމްގެ ޙިޔާލުތައް ބިނާވެފައިވަނީ ޖޭން ޕިއާޖޭއާއި ވައިގޮޓްސްކީ ތިއަރިގެ މައްޗަށެވެ.
ޕިއާޖޭގެ ތިއަރީ:
މި ތިއަރީ ގައި ކުދިންގެ ވިސްނުން ހުންނަގޮތައްބަލާ 4 އުމުރުފުރާއަކަށް ކުދިން ބަހާފައިވެއެވެ. އެއީ ސެންސަރީ މޮތޯ މަރުޙަލާ(0-2) މަރުޙަލާ އާއި ޕްރީ އޮޕަރޭޝަނަލް (2-5) މަރުޙަލާ އާއި ކޮންކުރީޓް އޮޕަރޭޝާނަލް (7-11)މަރުޙަލާ އާއި، ފޯރމަލް އޮޕަރޭޝަނަލް( 11-18) މަރުޙަލާއެވެ. މިއިން ކޮންމެ މަރުޙަލާއެއްގއި ކުދިން ވިސްނާ ވިސްނުން ތަފާތެވެ. މިގޮތުން އެންމެ ކުޑައިރު ކުދިންގެ ކުރިމަތިން ފެންނަ ކަންތައްތައް ހަދާންހުރެއެވެ. އަދި މިއީ ޙިއްސުތަކުގެ މަރުޙަލާއެވެ. އަދި 2އަހަރާއި ފަސްއަހަރާއި ދެމެދު ގެ ކުދިން ވަރައް ބޮޑައް ޒާތީ ވިސްނުމެއް ގެންގުލޭ ކަމަށާއި ގިނައިން ޙުކުމް ކުރާނީ ފެންނަ ފެނުނުން ތަކައްކަމައް ޕިއާޖޭ ފާހަގަ ކުރެއެވެ އަދި 11 އަހަރާއި 18 އަހަރާއިދެމެދުގެ ކުދިން ވިސްނާނީ މުސްތަގުބަލުގައި ކަންވެދާނެ ގޮތުގެ މައްޗަށްބަލާ އަންދާޒާކުރާފަދަ ވިސްނުމަކުންނެވެ.

މި ތިއަރީގައި  މުދައްރިސަކީ ދަރިވަރރުންނަށް ދެނެގަތުމުގައި އެހީތރެރިވެދޭ ފަރާތެވެ. އަދި މިތިއަރީގައި އުފެއްދުންތެރި ވިސްނުމެއް ގެންގުޅެން ބާރުއަޅާފައިވެއެވެ. އެހެންކަމުން ލި ތިއަރީއަށް ބިނާ ކޮށް ކުދިންނަށް ކިޔަވައި ދިނުމުގައި މިސާލަކައް އުފެއްދުންތެރި  ލިޔުން ލިޔަން ދިނުމާއި، ގުރޫޕް މަސައްކަތް ދިނުމަށް މުދައްރިސް ވިސްނަން ވާނެއެވެ.

No comments:

Post a Comment