ސޯޝަލް ކޮގްނިޓިވް ލާނިން ތިއަރީ
އެކި
މީހުންނަށް އުގެނެން ފަސޭހައީ އެކިގޮތަށެވެ. އަދި މީގެ އިތުން އެކި ތަޖުރިބާތައް
ކުރެވިގެންވެސް ބައެއްމީހުންނަށް އެއްޗެހި ދަސްވެއެވެ. މި ތިއަރީ ބުނާގޮތުން އުނގެނުމަކީ
މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާއި ގުޅޭގޮތުން
އުފައްދާ އަސަރަކުން ސުލޫކު ވަކި ގޮތަކަށް ބަދަލުވާ ބަދަލުވުމެވެ. ބަންދޫޜާ (1986)
ހާމަކުރައްވާފައިވާ ގޮތުގައި އުނގެނުމުގައި އެއްބައެއް އަނެއް ބަޔަކަށް އަސަރު
ފޯރުވަނީ ގުޅި ލާމެހިފައިވާ ގުޅުމަކުން ނުވަތަ[ރެސިޕްރޯކަލް ރިލޭޝަންޝިޕް]އެއްގެ
ސަބަބުންނެވެ. އިތުރައް މިކަން ބަޔާންކޮއްދެއްވަމުން ބަންޑޫރާ (1986) މި
ކޮންސެޕްޓްބިނާކޮށްފައިވަނީ މައިގަނޑު 3 އަސާސެއްގެ މައްޗަށެވެ. އެއީ،
ބިހޭވިއަރ(ކަމެއް ނުވަތަ ސުލޫކު)، މާހައުލު އަދި މީހާގެ ވިސްނުމެވެ.
މި ތިއަރީގެ
ތިއަރެސްޓެއް ކަމުގައިވާ ބަންދޫރާ (1986)
ހާމަކޮށްފައިވާ ގޮތުގައި ކުދިން ވަށައިގެން އުޅޭ އެކިއެކި މީހުން ކުރާ ކަންކަން
ބަލައި ކޮޕީކޮށްގެން އެކަން މޮޑެލް ކުރެއެވެ. މިއީ ވަރައް ބޮޑައް ޤަބޫލު ކުރެވޭކަމެކެވެ.
މިކަން އެންމެ ބޮޑައް ފާހަގަ ކުރެވޭނީ ކުއަޖާ ކުޑައިރުގައެވެ. އެއީ މިސާލަކައް
ކުއްޖާބަލަންހުއްޓާ މުދައްރިސް ނުވަތަ މަންމަ މީހަކާއި ދިމާއަށް އެއްޗެކޭ ބުނެފި
ކަމުގައިވާނަމަ އެކުއްޖާވެސް އެފަދަ ޙާލަތެއް މެދވެރިވެއްޖެ ނަމަ އެގޮތައް
ކަންތައް ކުރަން އުޅޭތަން އަޅުގަނޑުމެންނަށް ފެންނާނެއެވެ.
މޮޑެލިންގެ
ތިން ވައްތަރެއް ވާކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. އެއީ ޑައިރެކްޓިވްކޮށް
މޮޑެލް ކުރުމާއި، ސިމްބޮލިކްކޮށް މޮޑެލް ކުރުމާއި، ސިންތިސައިސްކޮށް މޮޑެލް
ކުރުމެވެ.
ޑައިރެކްޓް
މޮޑެލް ކުރުމަކީ ކުއްޖާއަށް ނުވަތަ ދަރިނަރަކައް ވީކަމުގައިވިޔަސް ފެންނަ ކަމެއް
އެއަށް އެއްވެސް ބަދަލެއް ނުގެނެސް މޮޑެލް ކުރުމެވެ. މިކަމަމީ ޢަންމު ގޮތެއްގައި ކުޑަކުދިންގެ ފުށުން
ވެސް ވަރަށް އާންމުކޮށް ފެންނަ ސިފައެކެވެ. ކުއްޖެއްގެ އަތުގައި އޮންނަ އެއްޗަކުން
ތަނެއްގައި ޖެހުމުން އަޑެއް ކިޔައިފި ނަމަ، އެއަޑު އެއީ ކަމުދާ އަޑަކަށް ވެއްޖެނަމަ
އެއެތިން ދެވަނަ ފަހަރައްވެސް ޖަހައެވެ. އަދި ހަމަ އެގޮތައް ނަމާދުކުރާތަން
ފެނުމުން އެގޮތައް ނަމާދުކުރެއެވެ.
ސިމްބޮލިކްކޮށް މޮޑެލް ކުރުމަކީ ކިޔުންތަކުން ނުވަތަ ޓީވީއިން
ނުވަތަ އެނޫންވެސް ގޮތަކުން ފެންނަ ކަންތައްތައް އެހެންނޫންނަމަ ޝަޚުޞިއްޔަތުންގެ
ސިފަތަކާ އެއްގޮތައް ކުދިން އުޅުމެވެ. މިސާލަކަށް މަޝްހޫރު ކުޅުންތެރިންގެ ބޮލުގެ
އިސްތަށިގަނޑު ހަދާ ގޮތައް އިސްތަށިގަނޑު ހެދުމެވެ. ސްކޫލުގެ މާޙައުލުގައި ވެސް
މުދައްރިސުން ކުރާ ކަންތައްތައް ކުދިން ވަރަށް ފަސޭހައިން ކޮޕީ ކުރެ އެވެ. މިކަން
އެންމެ ބޮޑައް ފާހަގަ ކުރެވޭނީ ޕްރީ ސުކޫލް މަރުޙަލާގައެވެ. ޕްރީސްކޫލް ކުދިން
ގެއަށް އައިސް އާންޓީ ދައްކާ ވާހަކަދައްކާ، އާންޓީ ކިޔަވަދޭގޮތައް ކިޔަވަދީ
އުޅެއެވެ.
ސިންތިޒައިޒް
ކޮށް މޮޑެލް ކުރުމަކީ މީހެއްގެ ފަރާތުން ނުވަރަ އެހެންވެސް ގޮތަކުން ފެނުނު ކަމެއް
ބަދަލަކާއެކު ނުވަތަ އެހެން ގޮތަކަށް ބަދަލުކޮށްގެން ކުދިން އެކަން ކުރެ އެވެ.
މިސާލަކަށް، ކުރެހުމުގެ ގަޑިއެއްގައި ގަހެއް ކުރަހަން ނަމޫނާ ދެއްކުމަށްފަހު، އެ
ކުއްޖަކު ބޭނުން ގަހެއް ކުރަހަން ޙަވާލު ކޮށްފިނަމަ، އެ ފެނުނު ގަހައް ތަފާތު ބަދަލުތައް ގެނެސްގެން އެހެން ގަހެއް ކުރަހަފާނެ
އެވެ.
މި ތިއަރީގެ ސަބަބުން އުނގެނުމުގެ ތަފާތު
ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމުގެ ޤާބިލުކަންލިބި، އެކުދިންގެ
ކިބައިގައި ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު އަށަގަނެއެވެ. އެހެންކަމުން، އެހެންކަމުން، މި ތިއަރީ ބޭނުން ކޮއްގެން ކުދިން ޝަޢުޤުވެރިވާ
ގޮތަށް ކުލާހުގައި މުދައްރިސައް ފިލާވަޅުތައް
ކުރިއަށް ގެންދެވިދާނެއެވެ.
ރެފަރެންސް:
The Social
Cognitive Theory
http://sphweb.bumc.bu.edu/otlt/MPH-Modules/SB/SB721-Models/SB721-Models5.html
No comments:
Post a Comment