ކިޔަވައި ދިނުމުގައި ގެންގުޅޭނެ ފަލްސަފާ
ކޮންމެ ކަމެއް ކުރުމުގައިވެސް އެކަމެއް އެންމެ
ފުރިހަމައަށް ކުރެވޭނީ އެކަމެއް ކުރާހިތުން ކުރާނަމައެވެ. އަދި އެކަމެއް ކުރުމައް
އޮންނަ އެންމެ ރަނގަޅު ގޮތްތައް ހޯދާ އެގޮތައް އެކަން ކުރަން މަސައްކަތް
ކުރުމުންނެވެ. މި ގޮތުން ކިޔަވައި ދިނުމަކީވެސް އެކަން ކުރާހިތުން
ކުރާކަމުގައިވާނަމަ، އެކަން ކުރިއެރުވުމައްޓަކައި ނުވަތަ އެކަމުގެ ހުނަރު
ހޯދުމައްޓަކައި މަސައްކަތް ތަކެއް ކުރަންޖެހޭ ކަމެކެވެ.
ދަރިވަރުންނައް ކިޔަވައިދޭ އެއްޗެއް އެންމެ ފުރިހަމަ
ގޮތުގައި އެކުދިންނަށް ފޯރުކޮއްދިނުމައްޓަކައި އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓުން އުނގެނުމާއި
އުނގަންނައިދިނުމާއިބެހޭ ދިރާސާތައްކޮށް އެބޭފުންގެ ތަޖުރިބާތަކާއިއެކު ކިޔަވައި
ދިނުމުގައި ބޭނުން ކުރާނެ ތިއަރީތަކެއް ވަނީ އުފައްދާފައެވެ. އަދި ދަނީ އުފައްދަމުންނެވެ.
މި ތިއަރީ ތަކުގައިވާ ކަންތައްތަކަކީ 100% މުދައްރިސުންނަށް ބޭނުންހިފޭ
ކަންތައްތަކެއް ކަމުގައިނުވިޔަސް މި ތިއަރީ ތަކަކީ މުދައްރިސުންނަށް ބޭނުންތެރި
ތިއަރީތަކެކެވެ. އެކި މުދައްރިސުން އެކި ތިއަރީ ތަކުގެ ބޭނުން އަންނަނީ ކިޔަވައިދިނުމުގައި
ހިފަމުންނެވެ. ކިޔެވުމުގެ މަރުޙަލާގައި އުޅެނީ ތަފާތު އުމުރުފުރާތަކުގެ
ކުދިންނެވެ. އަދި އޭގެ ތެރެއިން ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެހެންކަމުން
ކިޔަވައި ދިނުމުގައި ތަފާތުގޮތްތަކެއް ބޭނުން ކުރުމަކީ ކުދިންނަށް ވަރަށް
ފައިދާހުރި ކަމެކެވެ. މި ގޮތުން މި ތިއަރީ ތަކުގައި ވާގޮތުން އެކި ކުދިން ނަށް
ދަސްކުރަން ފަސޭހައީ އެކި ގޮތަށެވެ. އެހެންކަމުން ކިޔަވައި ދިނުމުގެ ފަލްސަފާއެއް
ކަޑައަޅާއިރު އެފަލްސަފާ ފުރިހަމަވާނީ ދިރާސާތައްކޮއް ހޯދިފައިވާ ތިއަރީތަކައް
ބިނާކޮއް ފަލްސަފާއެއްކަނޑައެޅުމުންކަން ޔަގީނެވެ. މިގޮތުން އަޅުގަނޑު ކިޔަވައި
ދިނުމުގައި ގެންގުލޭނެ ފަލްސަފާ ބިނާކޮއްލާފައިވާނީ މި ތިއަރީ ތަކައް ބިނާކޮށެވެ.
އުގެނުމާއި އުގަންނައި ދިނުމުގެ ގޮތްތައް ބަޔާންކޮއްދޭ
ތިއަރީ ތަކުގެ ތެރެއިން ބިހޭވިއަރ ލާނިން ތިއަރީ ގައި ދަރިވަރުންގެ ސުލޫކާއި
ގުޅޭގޮތުން އެކުދިންނާއި މުއާމަލާތު ކުރާނެގޮތް ބުނެދެއެވެ. ދަރިވަރުންގެ ސުލޫކާއި
ގުޅުވައިގެން ހިއްވަރު ދިނުމާއި އަދަބު ދިނުމަކީ ވަރައް މުހިންމު ކަމެކެވެ. މި
ކަން މިގޮތައް ކުރެވެނީ ދަރިވަރުންގެ ސުލޫކާއި ގުޅިގެން އެކުދިންނަށް ރަނގަޅު ބަދަލެއް
ގެނައުމަށެވެ. އެހެންކަމުން ކިޔަވައި ދިނުމުގައި މިތިއަރީ ބޭނުން ކުރަންޖެހެއެވެ. ބިހޭވިއަރް ތިއަރީގެ އިތުރުން
މޯޓިވޭޝަން ތިއަރީ ގައި ވާގޮތުން ދަރިވަރުންގެ ސަމާލުކަން ހޯދުމީ
މުހިންމުކަމެކެވެ. އަދި ކުދިން ޝައުގުވެރިވާނެ ގޮތްތައްވެސް މި ތިއަރީގައި
ބުނެދެއެވެ. އެހެންކަމުން ކިޔަވައި ދިނުމުގައި މި ދެ ތިއަރީގެ ބޭނުން ހިފައިގެން
ފިލާވަޅުތައް ގެންދިއުމުން ދަރިވަރުންނަށް ފަސޭހައިން މުދައްރިސް އަންގައިދޭން
ބޭނުންވާ ފިލާވަޅު ބުނެދެވޭނެއެވެ. އެހެންނަމަވެސް އެންމެ ބޮޑައް
ސަމާލުކަންދޭންޖެހޭނެ ކަމަކީ އަދަބު ދިންކަމުގައި ވީނަމަވެސް އަބަދު އެއްގޮތަކައް
ނުދިނުމެވެ. އެއީ އަބަދު އެއްގޮތަކައް ކަންތައް ކުރުމުން އެންމެ އެދެވޭ ނަތީޖާ
ނުފެނިދާނެތީއެވެ.
ކޮގްނިޓިވް ލާނިންގް ތިއަރީ ގެ އަލީގައި ކުދިން އެކިއެކި
ކަންތައްތައް ދެނެގަނެ ދަސްކުރާ ގޮތާއި، އެއްޗެހި ހަދާނުގައި ހަރުލައްވާ ގޮތް
އެގިގެންދެއެވެ. އެހެންކަމުން ދަރިވަރުންނަށް ފިލާވަޅު ނަގައިދޭއިރު މި ތިއަރީގެ
އަލީގައި ކުދިންދަސްކުރާ ގޮތައް ބަލައިގެން ފިލާވަޅު ކުރިއަށް ގެންދިއުމަށް
އަޅުގަނޑު ވިސްނާނަމެވެ.
ކުދިންނަށް ފިލާވަޅު ކިޔައި ދިނުމުގެ އިތުރުން ދެން އެންމެ
މުހިންމު ކަމަކީ ދަރިވަރުންނަށް އެގުނު މިންވަރު ބެލުމަށް ސުވާލު ކުރުމެވެ.
އެހެންކަމުން ފިލާވަޅު ކުރިއަށް ދާއިރުގައްޔާއި، ފިލާވަޅު ނިމުމައްފަހުވެސް ސުވާލު
ކުރުމާއި، ހެދުމަޓަކައި ސުވާލު ދޭންޖެހެއެވެ. އަދި މީގެ އިތުރުން ހަމައެކަނި
މުދައްރިސް ހުރިހާއެއްޗެއް ކިޔައި ދިނުމުގެ އިތުރުން ދަރިވަރުން ގުރޫޕްކޮއްގެން
ކުދިން ބައިވެރިކޮއްގެން ގެންދިއުމަކީ މުހިންމު ކަމެކެވެ.
އެހެންކަމުން އަޅުނގަޑު ދެކޭ ގޮތުގައި ތިއަރީ ތަކުގެ
ބޭނުން ހިފައިގެން ކުދިންނާ ގުޅޭގޮތައް ކުދިން ބައިވެރި ކޮއްގެން، ކުދިން
ޝައުގުވެރި ވާނެގޮތައްފިލާވަޅު ގެންދަންޖެހެއެވެ. އަދި ފިލާވަޅުތަކުގެ މަޤްޞަދު
ޙާސިލުވާނެ ގޮތައް ވިސްނައިގެން ފިލާވަޅުގެންދަންޖެހެއެވެ. އެއީ އެންމެ ކުޑަ
ކުދިންނުން ފެށިގެން ބޮޑެތި ކުދިންނާހަމައައްވެސްމެއެވެ.