އަންޑަސްޓޭންޑިންގް ލާނަރ ކެރެކްޓަރިސްޓިކްސް އެންޑް
ލާނިންގް ސްޓައިލް
ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެކި
ކުދިންޝައުގުވެރިވާނީ އެކި ކަންތައްތަކަށެވެ. ހަމައެގޮތަށް އެކިކުދިން ދަސްކުރާނީ
ނުވަތަ ދަސްކުރަން ފަސޭހަވާނީ އެކި ގޮތަށެވެ. މިއީ ކިޔަވައިދިނުމުގެ ދާއިރާގައި
އުޅޭ މުދައްރިސުން ނާއި އެހެނިހެން ފަރާތްތަކައްވެސް އެގެންޖެހޭކަމެކެވެ. ތިމާއަށް
ދަސްކުރަން ފަސޭހަގޮތައް އަނެކާއަށް
ދަސްކުރަން އުދަގޫވެދާނެއެވެ.
އެކި ކުދިންނަކީ އެކި ލެވެލްގެ ކުދިން ނެވެ. އަދި އެކި
ފެންވަރުގެ ޢާއިލާތަކުން އައިސްފައިވާ ކުދިންނެވެ. ވިސްނުން ތޫނު ކުދިންނާއި، ވިސްނުން ކޮށި
ކުދިންނެވެ. ވާހަކަ ދެއްކުމުގައި ދަތިތަކާ ކުރިމަތި ވެފައިވާ ކުދިންނާއި، ނަފްސާނީ
މައްސަލަތަކާއިކުރިމަތިވެފައިވާ ކުދިންނެވެ.
އެހެންކަމުން މުދައްރިސް ކިޔަވައި ދިނުމުގައި މިހުރިހާ ކަމަކައް
ބަލަންޖެހެއެވެ.
ކުދިންނަކީ ކޮންބައެއްކަން އެގުމުގެ ސަބަބުން އެކުދިންނާ
ގުޅޭގޮތައް ފިލާވަޅުތައް ގެންދިއުމާއި، މަޢުލޫމާތު ފޯރުކޮއްދިނުމާއި، ކުދިންނާއި
ގުޅޭ ގޮތުން އިރުޝާދު ދިނުމައް މުދައްރިސައް އެގޭނެއެވެ. ކުދިންނަކީ
ކޮންބައެއްކަން އެގުމުގެ އިތުރައް ކުދިން ދަސްކުރާ ގޮތްތައް އެގުމަކީވެސް މުހިންމު
ކަމެކެވެ.

ހަވާލާ:
ގްރޭސް
ފިލަމިންގް. (ތ.ނ). ލާރނިން ސްޓައިލްސް. http://homeworktips.about.com/od/homeworkhelp/a/learningstyle.htm
No comments:
Post a Comment