އެސެސްމެންޓް އެންޑް
އިވެލުއޭޝަން
ކިޔަވައި ދިނުމުގެ އިތުރައް ކިޔަވައިފައިވާ އެއްޗެއް އެގެނީ
ކިހާވަރަކައްތޯ ބެލުމަކީ ވަރައް މުހިންމު
ކަމެކެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ކުދިންނަށް ކިޔަވައިދެވިފައިވާ އެއްޗެއް
އެގޭ މިންވަރު ބަލަންޖެހެއެވެ. އެހެން ނޫންކަމުގައިވާނަމަ ކިޔަވައިދެވުނުއެއްޗެއް އެގެނު
މިންވަރެއް ނޭގޭނެއެވެ. މިގޮތުން ދަރިވަރުން އިމްތިހާނުކޮއް ވަޒަންކުރެއެވެ.
ނުވަތަ އެސެސްކުރުމާއި، އިމްތިޙާނު ކުރެއެވެ.
ވަޒަންކުރުމަކީ އިމްތިހާނުކުރުމުގެ ނަތީޖާގެ ތެރެއިން
ކަނޑައަޅާ ކަނޑައެޅުންތަކެވެ. އެސެސްކުރުން ނުވަތަ އިމްތިހާނު އެކިގޮތްގޮތައް
ކުރެއެވެ. މި ގޮތުން އިމްތިހާނުކުރާ ގޮތްތަކައް ބަލާއިރު ޔުނިޓްޓެސްޓު
ނަގައިގެންނާއި، މަޒްމޫން ލިޔެގެންނާއި، ޕޯޓްފޯލިޔޯ، ޕްރޮޖެކްޓް ފަދަ ތަކެތި
ދީގެން ކުދިންގެ ފެންވަރުބަލައެވެ. މިއީ ވަރައް މުހިންމު ކަމެކެވެ. މިކަމުގެ
ސަބަބުން ކުދިންގެ ފެންވަރުއެގި ކުދިން ކިޔެވުމައް އިތުރު ބާރަކައްވެގެން ދެއެވެ.
އިމްތިހަނު ކުރުމުގެ ގޮތްތަކައްބަލާއިރު 3 ގޮތަކައް އިމްތިހާނުކުރެއެވެ.
އެއީ ޑައިގްނޯސްޓިކް އާއި ފޯރމެޓިވް އަދި ސަމަރޓިވް އެވެ.
ޑައިގްނޯސްޓިކް:
ޑައިގްނޯސްޓިކް ގެ ބޭނުމަކީ ކުދިންނަށް އެގިފައިހުރި ކިހާ
މިންވަރަކައްތޯ ބަލާ ވަކި ގޮތެއް ނިންމުމައް ދެވޭ އިމްތިހާނެކެވެ. މި
އިމްތިހާނުގައި ބޮޑައްބަލާނީ އެގިފައިހުރިއެއްޗެއްގެ މައްޗައް ބިނާކޮއް ގެނެވިދާނެ
ބަދަލަކައް ނުވަތަ އެގިފައިހުރި އެއްޗެއްގެމައްޗައް ބިނާކޮއް
އުގަންނައިދިނުމަށެވެ. މިފަދަ އިމްތިޙާނުތައް ދެނީ ކޯހެއް ފަށާއިރު ނުވަތަ ޓާމެއް
ފަށާއިރުއެވެ. މިސާލަކައް ސްކޫލްތަކައް ވައްދާއިރު ނަގާޓެސްޓު މިގޮތައް އާންމުކޮއް
ޓެސްޓު ނަގަނީ އެކުދިން ވައްދަން އެދިފައިވާ ގްރޭޑް ގެ ފެންވަރު ހުރިތޯ ބެލުމުގެ ގޮތުންނެވެ.
ފޯރމެޓިވް:
މިފަދަ އިމްތިހާނުތައް ނަގަނީ ކިޔަވައި ދެމުންދާއިރު
އެގުނު މިންވަރު ބެލުމަށާއި ކިޔަވައިދިނުމުގެ ކުރިންނެވެ.
މިސާލަކައް ވަކި ޔުނިޓެއް ނިމުމުން ނަގާ ޔުނިޓު ޓެސްޓެވެ.
ސަމަރޓިވް:
މިވައްތަރުގެ ޓެސްޓު ނަގަނީ ކިޔަވައިދީނިމުމުން ކުދިންނަށް
ދަސްވި މިންވަރު ބެލުމަށެވެ.
މިސާލަކައް ޓާމްތައް ނިމުމުންނަގާ ޓާމްޓެސްޓުތަކެވެ.
ހަވާލާ:
ޑައިގްނޯސްޓިކް އެންޑް
ފޯރމެޓިވް އެސެސްމެންޓް. http://serc.carleton.edu/introgeo/assessment/formative.html
ތްރީޓައިޕްސްއޮފްއެސެސްމެންޓް http://www.misd.k12.mi.us/departments/curriculum/instructionalservices/assessment/typesofassessment/
No comments:
Post a Comment