ބިހޭވިއަރ ލާނިންގް ތިއަރީ
ކިޔަވައިދިނުމުގައި
މުދައްރިސުން އެބޭފުޅުންގެ ކިޔަވައިދިނުން ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން
އެކިއެކި ތިއަރީ ތަކުގެ ބޭނުނުން އަންނަނީ ހިފަމުނުންނެވެ. މީގެ ތެރެއިން އެއް
ތިއަރީއަކީ ބިހޭވިއަރ ލާނިންގް ތިއަރީއެވެ. ބިހޭވިއަރ ލާނިން ތިއަރީގައި އުގެނުން
މާނަކުރާގޮތައްބަލާއިރު އުނގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ
އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެކެވެ. މި ތިއަރީ ބުނާގޮތުން ދަރިވަރުގެ ސުލޫކު
ގުޅިފައިވާނީ އޭނާ އުޅޭ މާހައުލުގައި ޙިއްސާކުރާ ކަންތައްތަކާއި، ތަޖުރިބާކުރާ
ތަޖުރިބާ ކުރުންތަކާއިއެވެ. މި ތިއަރީބުނާގޮތުން އުގެނުނުކަން އަންގައިދެނީ
ދަރިވަރުގެ ނުވަތަ މީހެއްގެ ފަރާތުން ފާޅުވާ ބޭރުފުށުގެ ޢަމަލަކުން ނުވަތަ
ސުލޫކަކުންނެވެ.
މި ތިއަރީގެ މައިގަނޑު ކޮންސެޕްޓް ގުޅިފައިވަނީ ތަފާތު ތިން
ލަފުޒަކާއެވެ. އެއީ ސްޓިމިއުލަސް، ބިހޭވިއަރ އަދި ރެސްޕޮންސްއެވެ. އުގަންނައި
ދިނުމުގައި މި ތިއަރީއަކީ ވަރައް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މި
ތިއަރީގައި ދަރިވަރުގެ އުޅުނުން ރަނގަޅު ކުރުމަށާއި، އަދި އެއުޅުން ދެމެހެއްޓުމަށް
ބާރުއަލާފައިވެއެވެ.
މިތުއަރީ
ބެހިގެންވާ ބައިތަކައް ބަލާއިރު ކޮންޓިގިޔުޓީ( ކޮލެސިކަލް) އާއި އޮޕަރެންޓު
ކޮންޑިޝަން އާއި ކްލެސިކަލް ކޮންޑިޝަން ހިމެނެއެވެ.
އުގަންނައި ދިނުމުގައި މި ތިއަރީ އެހެން ތިއަރީ ތަކެކޭ
އެއްގޮތައް ވަރައް މުހިންމު ދައުރެއް އަދާކުރެއެވެ. މި ތިއަރިގައި ކުއްޖާގެ ފށުން ފެންނަ ގޯސް
ސިފަތއް ދުރުކޮއް ރަނގަޅު ސިފަތައް އަށަގަންނުވާނެ ގޮތާއިމެދު ވާހަކަ
ދައްކާފައިވެއެވެ. މި ގޮތުން ކުދިންނަށް ތަރުހީބު ދިނުމާއި، ކުދިންގެ ކިބައިން
ފެންނަ ނުރަގަޅު އާދަތަކައް އަދަބު ދޭނެގޮތް ކިޔައިދީފައިވެއެވެ. މި ގޮތުން
ތަރުހީބު ދިނުމައް (ރިއިންފޯސްމަންޓް) އަދި އަދަބު ދިނުމަށް (ޕަނިޝްމަންޓް) ބޭނުން ކުރެއެވެ.
ތަރުހީބު
ދިނުމުގެ ތެރޭގައި ޕޮޒިޓިވް ރިއިންފޯސްމަންޓް އާއި ނެގެޓިވް ރިއިންފޯސްމަންޓް
ހިމެނެއެވެ.
ޕޮޒިޓިވް
ރީއިންފޯސްމަންޓު: ޕޮޒިޓިވް
ރިއިންފޯސްމަންޓަކީ އެ ހިނގި ކަމެއްގެ ސަބަބުން ސުލޫކެއް ދެވަނަ ފަހަރަށް
ތަކުރާރުވުމަށް ހިތްހަމަޖެހޭ، އަދި އެހީތެރިވެދޭ
ފަދަ ނަތީޖާއެއް ދަރިވަރަށް ޙާޞިލުވުމެވެ. މިސާލު: ކޮންމެ ދުވަހަކު ދަރިވަރުން
ފިލާވަޅު ހަދާނަމަ ހަފްތާނިމޭ ދުވަހު ފޮތައް ބެޖުދިނުން.
ނެގެޓިވް
ރީއިންފޯސްމަންޓު:
ދެވަނަފަހަރައް ސުލޫކު ތަކުރާރު ކުރަނީ ހިންހަމަޖެހޭ ކަމަކުން ނުވަތަ ނުރަނގަޅު
ކަންތައްތައް ދުރުކޮއްދިނުމެވެ.
No comments:
Post a Comment